twitterviber whatsapp telegramfacebookyoutube instagram
15th May 2026

ފަނޑިޔާރު ނިޔާޒް ޖޭއެސްސީއަށް އިންތިހާބުކޮށްފި

ނަބީލާ އިސްމާޢީލް
Apr 27, 2022

ހައި ކޯޓު ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރު މުހައްމަދު ނިޔާޒު އައްޔަންކުރަން ރޭ ފާސްކޮށްފި އެވެ.

ފަނޑިޔާރު ނިޔާޒް ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވަނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިންނެވެ.

ހައިކޯޓުގެ ފަރާތުން މީގެ ކުރިން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު ޢަލީ ސަމީރުއެވެ. ނަމަވެސް މި މަހުގެ 17 ވަނަ ދުވަހު ފަނޑިޔާރު އަލީ ސަމީރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު ނިޔާޒް ޖޭއެސްސީއަށް އިންތިހާބުކުރީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް ސަމީރު އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ސަމީރު ޖޭއެސްސީގެ މެމްބަރު ކަމަށް ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު 5، 2019 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355