twitterviber whatsapp telegramfacebookyoutube instagram
28th March 2024

ތަސްލީމާގެ ބަދިގެ: ޗިކަން ކަބާބް

ނަބީލާ އިސްމާޢީލް
Apr 27, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗިކަން ކަބާބް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 500ގ ބޯންލެސް ކުކުޅު (ކިއުބްކޮށް ކޮށާފަ)
  • ގަރަމް މަސާލާ (1 ސ ސަމްސާ ދިރި، 1 ސ ސަމްސާ ކޮތަނބިރި، 1 ސ ސަމްސާ ދަވިއްގަނދު، 4 ކާފޫރު ތޮޅި، 1 އިންޗި ފޮނިތޮށިކޮޅެއް، 2 ކަރަންފޫ، ހިކަނދިފަތް)
  • 1/2 ޖޯޑު ޕްލޭން ޔޯގަޓް
  • 2 ސ ސަމްސާ ފިޔާ (މުގުރާގަ)
  • 1 ސ ސަމްސާ ޖިންޖާރ ގާލިކް ޕޭސްޓް
  • 1/2 މ ސަމްސާ ލުނބޯ ހުތް
  • 1 ފިޔާ (މުރަނަވާވަރަށް ރަތްކޮށްލާފަ)
  • 1 ސ ސަމްސާ މަސްޓަޑް އޮއިލް
  • 2 ސ ސަމްސާ ތެޔޮ ނުވަތަ ގީ
  • ލޮނު
  • 1/2 ސ ސަމްސާ އަސޭމިރުސް
  • 1/2 ސ ސަމްސާ ރީނދޫ
  • ބެންބޫ ސްޓިކްސް

ތައްޔާރުކުރާނެ ގޮތް:

ކުކުޅު މެރިނޭޓްކުރުމަށް ގަރަމް މަސާލާ ހަދަން ބޭނުންވާ ތަކެތި ތަވައެއްގައި ހަނާކޮށްލާށެވެ. އަދި އޭގެ 1 ސަމްސާ ކުކުޅުކޮޅު ތެރެއަށް އަޅާށެވެ. އެއަށްފަހު މުރަނަކޮށްފަ ހުރި ފިޔާ އަދި ޔޯގަޓް މިކްސްޗާރއިންމިގުރާލާފަ އެއްކޮށްލާށެވެ. އަދި ފިޔާ، އިނގުރު، ލޮނުމެދު، ޕޭސްޓް، އަސޭމިރުސް، މަސްޓަޑް އޮއިލް، ރީނދޫ, ލުނބޯ އަދި ރަހަލާވަރަށް ލޮނުލައިގެން މޮޑެލާށެވެ. އެއަށްފަހު މަތިޖަހާ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. 30 މިނެޓް ހަމަވުމުން ބެނބޫ ސްޓިކްސްއަށް ކުކުޅު ކޮޅު އަމުނާލާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅު ކޮޅަށް މުށިކުލަ އަންނަންދެން ފިހެލާށެވެ. ބޭނުންނަމަ އަވަނުންވެސް ފިހެވިދާނެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355