twitterviber whatsapp telegramfacebookyoutube instagram
7th May 2024

ލޯފަން މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާއަށް ދިރާގުން އިތުރު ލުއިފަސޭހަތަކެއް

ޚަދީޖާ އާދަމް
Apr 27, 2022

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދުނުމަށް ދިރާގުން ނިންމައިފި އެވެ.

ބީވީއައިއެސްއެމްއަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. ދާދި ފަހުން މި ޖަމިއްޔާއިންވަނީ ކްލަބް ހައުސް ގައިވެސް ހަރަކާތްރެރިވަންފަށާފައެވެ. އެގޮތުން ކުރިޔަށްއޮތް މަހުގެތެރޭގައިވެސް ގުރުއާން މުބާރާތާއި، ދިނީ ހަރަކާތްތަކައި އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބެއްވުމަށް އެ ޖަމިއްޔާއިން އަންނަނީ ރާވަމުންނެވެ. ދިރާގުން ހިލޭ މޮބައިލް ޑޭޓާ ދިނުމަށް ނިންމާފައިވަނީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އާކޮށް ކުރިއަށްގެންދިއުމަށް ވެސްވަނީ ނިންމާފަ އެވެ.

މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ހިދުމަތްތަކެވެ. އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވެއެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި މިހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން މިޙިދުމަތް ބޭނުންކުރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ.

ދިރާގުން މި ޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355