twitterviber whatsapp telegramfacebookyoutube instagram
30th May 2023

ތަސްލީމާގެ ބަދިގެ: ކެރެޓް ހަލްވާ

Apr 30, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ކެރެޓް ހަލުވާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 4 ޖޯޑު ގާނާފަ ހުރި ކެރެޓް
  • 2/4 ޖޯޑު ކިރު
  • 3/4 ޖޯޑު ހަކުރު
  • 4 ސައިސަމުސާ މިކްސް ނަޓްސް (ކެޝޫ، ޕިސްޓާޝިއޯ، އަލްމަންޓް)
  • 1 ސައިސަމުސާ ގީ

ތައްޔާރުކުރާނެ ގޮތް:

ތަވައަށް ކެރެޓްކޮޅު އެޅުމަށްފަހު ކެރެޓްކޮޅު މޯޅިވެލަންދެން ކައްކާލާށެވެ. 5 ވަރަކަށް މިނެޓް ކެއްކުމަށްފަހު ހަކުރު ކޮޅު އަޅާލާށެވެ. އެއަށްފަހު ކެރެޓުންނާއި ހަކުރުން ނުކުންނަ ފެންތައް ހިނދެން ކައިރިވީމަ ކިރުކޮޅު އަދި ގީ ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ނަޓްސް ކޮޅި ހިމުންކޮށްލާފަ އަޅާލާށެވެ.

10 ވަރަކަށް މިނެޓް މަޑުގިނީގައި ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ. ހަލުވާ ހޫނުކޮށް ނުވަތަ ފިނިކޮށްލައިގެންވެސް މީރުވާނެއެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355