twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުލަބް ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އާރްޑީސީން ހޯދައިފި

މުޙައްމަދު އަހުމަދު
May 4, 2022

ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބޭއްވި އެންމެ ބޮޑު މަސްރޭސް ކަމަށްވާ ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ހޯދައިފި އެވެ.

ފާރޮށި ބޭކަރީ ކޮރަލްސް މަސް ރޭސް 2022 އަކީ ކުލަބު ކޮރަލްސްއިން އިސްނަގައިގެން ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމުގެ މަޤުސަދުގައި ބޭއްވޭ މަސްރޭހެއްކަމަށް އެކުލަބުން ހާމަކުރެ އެވެ.

ކުލަބް ކޮރަލްސްއިން ބޭއްވި ފުރަތަމަ މަސްރޭހުގައި ޖުމްލަ 22 މުއައްސަސާއަކުން 23 ޓީމު ބައިވެރިވެފައިވެ އެވެ. އަދި މަސްރޭހުގައި ޖުމްލަ 299 ބައިވެރިން ވާދަކުރި އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން 38.12 ކިލޯގެ މަހާއެކު އާރްޑީސީން ހޯދިއިރު ދެވަނައަށް ދިޔައީ 37.16 ކިލޯގެ މަހާއެކު އެމްޑަބްލިއުއެސްސީ އެވެ. އަދި 35.10 ކިލޯގެ މަހާއެކު ތިންވަނަ ހޯދީ އޭއީސީ އެސްއާރުސީ އެވެ.

މުބާރާތުގައި ބޭނި ބޮޑު މަސް ބާނާފައިވަނީ އޭއީސީ އެސްއާރުސީގެ އާދަމް ޒަކަރިއްޔާ އެވެ. އާދަމް ބޭނި މަހުގައި 30 އިންޗި ހުއްޓެވެ. އަދި އެންމެ ބަރު މަސް ބޭނި ފަރާތަކަށް ވެސް ހޮވިފައިވަނީ އޭއީސީ އެސްއާރުސީގެ އާދަމް ޒަކަރިއްޔާ އެވެ. އެންމެ ބަރު މަހުގައި ޖުމްލަ 5.62 ކިލޯ ހުއްޓެވެ.

އެންމެ ގިނަ މަސްބާނާ މުބާރާތުގެ ފިރިހެން ކެޔޮޅުގެ މަގާމު ހާސިލްކުރީ ކުޅުދުއްފުށީގެ ތަޖުރިބާކާރު މަސްވެރިއެއް ކަމަށްވާ އެސްޓީއޯގެ އަލީ އަބްދުލް ރަހީމެވެ. އޭނާ ވަނީ 22 މަސް ބާނާފަ އެވެ.

އަދި އެންމެ ގިނަ މަސްބާނާ އަންހެން ކެޔޮޅުގެ މަގާމު 4 ބައިވެރިއަކަށް ވަނީ ލިބިފަ އެވެ. އެއީ އޭއީސީ އެސްއާރުސީގެ މިންނާ މުހައްމަދާއި އެފްސީއެސްސީގެ ޝަރޫނާ އަލީގެ އިތުރުން ޓީމް އޭޑީކޭގެ ސާމިޔާ މުހައްމަދާއި ހާޒިމާ ހަސަނެވެ. މީގެތެރެއިން ކޮންމެ ބައިވެރިއަކު ވެސް ވަނީ ޖުމްލަ 5 މަސް ބާނާފަ އެވެ.

މި މަސްރޭހުގައި 23 ޓީމު އެއްކޮށް މުޅި ޖުމްލަ 405.08 ކިލޯގެ މަސް ބާނާފައިވެ އެވެ. މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވި އެންމެ ބޮޑު މަސްރޭހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355