twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ ތާއީދު ޖެމެއިކާގެ ކަމީނާއަށް

May 5, 2022

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ޖެމެއިކާގެ ކެންޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާއީދުކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަމީނާ އަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކުރީ މިއަދު ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއާ ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވަނީ ކޮމަންވެލްތް އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތްއަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ފާހަގަކުރައްވާފައެވެ. އަދި ކަމީނާ ޖޯންސަންއަށް ރާއްޖޭގެ ފުރިހަމަ ތާއީދުއޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒައާމަތުގައި ރާއްޖެއާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލުކުރެވިގެންދާނެ ކަމުގައި ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ވަނީ ޖެމެއިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.

ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް) ގެ ޗެއަރޕަރސަންގެ މަޤާމާއި، ކައުންސިލް އޮފް މިނިސްޓަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަޤާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަޤާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355