twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
May 9, 2022

މިއަދު ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގާ އެކު ސޮއިކޮށްފި އެވެ.

ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމުން މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަނީ ބޫޓާން އެކަންޏެވެ. މުބާރާތް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ.

ދިރާގާ އެކު ހެދި އެއްބަސްވުމުގައި ޓީޓީއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އަދި މާކެޓިން ކޮމިޔުނިކޭޝަންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން އެވެ.

ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓީޓީ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ދިރާގުން ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

މިރުޝާން ވިދާޅުވީ ރާއްޖޭގެ ޒުވާން އެތުލީޓުން ވާދަކުރާ މުބާރާތެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށް އަބަދުވެސް ދިރާގުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރަން ޓީމުތައް މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. ޕާކިސްތާނާއި ބަންގްލަދޭޝްގެ ޓީމު މިހާރު ވަނީ މާލެ އައިސްފަ އެވެ. ރާއްޖޭގެ ޓީޓީ ޓީމު ވެސް ވަނީ މުބާރާތަށް ހާއްސަކޮށް ހޮޓެލްގައި ކޭމްޕްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355