twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބޮޑު އީދުގައި ނެއްލައިދޫގައި ފުޓްބޯޅަ މުބާރާތަކާއި ހޭންޑްބޯލް މުބާރާތެއް

ނަބީލާ އިސްމާޢީލް
May 10, 2022

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އަލީފް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ މުބާރާތުކަމާއި މިމުބާރާތްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކާއި ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓީމްތަކަށެވެ.

އަލީފް ވިދާޅުވީ ފުޓްބޯޅަ މުބާރާތަކީ ރަށުގެ ފިރިހެން ޓީމްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި ހޭންޑްބޯޅަ މުބާރާތް ހާއްސަކޮށްފައިވާނީ އަންހެން ޓީމުތަކަށް ކަމަށެވެ.

ދެމުބާރާތަށްވެސް ރަށުން ބޭރުން ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އޭގެ ތަފްސީލް ކުޅިވަރުގެ ގަވައިދުގައި ވާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 02 ޖޫން ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނެއްލައިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއެކޫ 2000 (ދެހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭއިރު، ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމާއިއެކު 1000 (އެއްހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހެއެވެ.

ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެ ކައުސިލުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355