twitterviber whatsapp telegramfacebookyoutube instagram
4th May 2024

މުޅި ރާއްޖެ އަށް ވައިޓް އެލާޓު ނެރެފި

ނަބީލާ އިސްމާޢީލް
May 10, 2022

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:30 އިން 17:00 އަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު އިއުލާނު ކުރާ ކަމަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް އެ އިދާރާއިން ބަލަނީ ހާއްސަ މިންގަނޑެއްގެ ތެރެއިން، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭ ވެހޭ މިންވަރާއި އަދި ވައި ހުންނަ ބާރުމިނަށް ބަލައިގެންނެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށް މެޓުން ބުނެއެވެ.

މެޓުން މޫސުން ބަދަލުވާ ގޮތާއި ގުޅޭގޮތުން ބުނީ ފުރަތަމަ ދެކުނަށް ހުޅަނގު މޫސުން ފެށޭއިރު އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ކަމަށް ބަލަނީ ޖެނުއަރީ މަހުން ފަށައިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ފެށޭ ކަމަށް ބަލަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355