twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޯޓު އަމުރެއް ނެތި ލަންކާގައި މީހުން ހައްޔަރު ކުރަނީ

ނަބީލާ އިސްމާޢީލް
May 11, 2022

ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އާންމު ރައްޔިތުން މައިތިރި ކުރުމަށްޓަކައި ރައީސް ގޮތަޔަބަޔަ ރާޖަޕަކްސަ އެގައުމުގެ ސަލާމަތީ ބާރުތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ދެއްވައިފިއެވެ.

މިއީ ލަންކާގެ ހާލަތު ބޮއްސުންލައި ވަރަށް ގޯސްވެފައި ވަނިކޮށް ހިންގި ކާފިއުއަށް ވެސް އާންމުން ސަމާލުވެވައި ނުވާތީ އަމުރަށް ކިޔަމަންކުރަން ބާރާއެކު ސިފައިން ނުކުތް ފުރަމަ ފަހަރެވެ.

ލަންކާގެ ހާލަތު ގޯސްވެ ބުރާސްފަތި ދުވަހާއި ހަމައަށް އެގައުމުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން އަންނަނީ މަގުތައް މައްޗަށް ނިކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ. އެގޮތުން އެގައުމުގެ ގިނ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ދިއިރުއުޅުއްވަމުން ގެންދަވާ ގެ ތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ އަލިފާން ރޯކޮށްލާފައެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ އިންޒާރު ދިނުމަށްފަހު ތަންތަނުގައި ހުޅު ޖަހާ މީހުންގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ އެގައުމުގެ ފުލުހުންނާއި ސިފައިންނަށް ދީފައެވެ. މީގެ އިތުރުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި ކޯޓު އަމުރެއް ނެތި ތަންތަން ބަލާ ފާސްކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ލަންކާގެ ހާލަތު ގޯސްވެފައި ވާއިރު، އެގައުމުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުން ތަކުގައި 8 މީހަކު ވަނީ މަރުވެފައެވެ. އަދި 230 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ސްރީލަންކާއަށް ކާބޯތަކެތީގެ ދަތިކަމާއި ތެލާއި ގޭހުގެ ދަތިކަމާއި ކަރަންޓްގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މީހުންނަށް ދިރިއުޅެން ދަތިވެފައިވާތާ އަށެއްކަ މަސްދުވަސް ވެފައިވެއެވެ. މިކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިހޫނުކަންވެސް ތަހައްމަލުކުރަންޖެހި މުއައްސަސާތަކުގެ މަސައްކަތްތައް ހުއްޓި ޚިދުމަތް ނުދެވުމުން ރައްޔިތުންގެ ރުޅިވެރިކަންވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355