twitterviber whatsapp telegramfacebookyoutube instagram
19th April 2024

މެޕްސް ކޮލެޖުގެ މޭ، ޖޫން އިންޓޭކަށް އެޕްލައި ކުރުމުގެ ފުރުސަތު މިމަހު 29ގެ ނިޔަލަށް

ނަބީލާ އިސްމާޢީލް
May 12, 2022

ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް، މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގެ މޭ/ޖޫން އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 10އެއް ނިންމާ ދަރިވަރުންނަށް ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު ބެޗެލަރސް ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މީގެއިތުރުން ގްރޭޑް 10އެއް ނިމި 20 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކުގެތެރެއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، 3 މަހުގެ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ހިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މެޕްސް ކޮލިފިކޭޝަންސްގެ ދަށުން ހިންގާ ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރާނަމަ މަސައްކަތްކުރާ ރަށެއްގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކޯސްތަކެކެވެ. މިގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަތީ ތައުލީމު އުނގެނުމަށް މިއީ ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް" ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އެކޮލެޖުން ހިންގާ އޭ.ސީ.ސީ.އޭގެ އެޑްވާންސްޑް ޑިޕްލޮމާ ލެވެލް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ މެއިމަހުގެ 29ވަނަ ދުވަހަށެވެ.

މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މަތީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 23 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355