twitterviber whatsapp telegramfacebookyoutube instagram
8th January 2026

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ނިންމި ރަސްމިއްޔާތު ރައީސް، ޝަރަފުވެރިކޮށްދެއްވައިފި

ނަބީލާ އިސްމާޢީލް
May 12, 2022

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް 2022" ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ "ކެޑޭޓް އަންހެން ޓީމް" އަދި "ޖޫނިއާ އަންހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވާ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މީގެ އިތުރުން މި މުބާރާތުގެ "ކެޑޭޓް ފިރިހެން ޓީމް" އަދި "ޖޫނިއާ ފިރިހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވާ އާއި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މި ރަސްމިއްޔާތުގައި އޭޝިޔަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް ޚަލީލް އަލް މޮހައްނަދީ ވަނީ ރައީސަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވިއެވެ.

އެގޮތުން މުބާރާތުގައި އެތުލީޓުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355