twitterviber whatsapp telegramfacebookyoutube instagram
24th June 2026

އަނިޔާ ލިބުނު ކުއްޖާއާއި އާއިލާއަށް ނަފްސާނީ އެހީ ދެނީ

May 14, 2022

ށ.މިލަންދޫގައި ކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި، އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއާއީ އޭނާގެ އާއިލާއަށް ނަފްސާނީ އެހީ ދިނުމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ނިންމައިފިއެވެ.

މިހާރު އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާކަމުގެ މައުލޫމާތު ލިބި، ސީއެފްޕީއެސް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރި މެމްބަރުންނާ އެކު މަސައްކަތްކުރަމުން ދާކަމަށެވެ.

ނަމަވެސް ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން، މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި އެ ވީޑިއޯ އާންމު ނުކުރަމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355