twitterviber whatsapp telegramfacebookyoutube instagram
8th September 2024

އާބާދީ އިތުރު ނުވާތީ، ގައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭ: މިނިސްޓަރު

ނަބީލާ އިސްމާޢީލް
Jun 19, 2024

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް ދަށް ކަމަށާއި އެއީ ޤައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށް ފެމިލީ މިނިސްޓަރު އައިޝަތި ޝިހާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ އުފަންވާ ރޭޓް ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި، އެފަދަ ގައުމުތަކުން މިހާރު އެކަމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާކަން ފާހަގަކުރައްވައި އައިޝަތު ވިދާޅުވީ ވަޒީފާ އަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ގައުމުތަކުގައި ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.

"ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާ ތަންތަނުގައި ހަރުދަނާ ގޮތެއްގައި ގާއިމުކުރޭ އެބަ ގައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާ އަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާ ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން" ވަޒީރު ވިދާޅުވިއެވެ.

އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިބިފައި މިހާރު އޮތް ހަނި ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ރާއްޖެއަށް ނުހިފިއްޖެނަމަ އެއީ، ގައުމީ ތަރައްގީއަށް އެޅިގެންދާނެ ހުރަހެއްކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާދިއުމަށް ފިޔަވަޅުއަޅައި، ވިލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު ސާޖިދާ ވެސް ވަނީ ގޮވާލައްވާފައެވެ.

އެކަމަނާ ވަނީ އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން 2022 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަޔްކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވާ ގޮތުގައި 2014 ގައި ބޯހިމެނި އިރު، ރާއްޖޭގެ އާބާދީ އަކީ 338،434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީ އަކީ 382،751 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355