ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އެގޮތުން މިއަދުގެ މޫސުން ލަފާކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު އެލާޓު ނެރެފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އަދި