twitterviber whatsapp telegramfacebookyoutube instagram
19th September 2026

ސްޓޫޑެންޓް ލޯނު 393 ދަރިވަރުންނަށް

ޚަދީޖާ އާދަމް
May 16, 2022

މަތީ ތައިލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 393 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ލޯނު ސްކީމްގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

ދަރިވަރުންނަށް މާކްސް ދީފައިވާ ގޮތާއި މެދު ހިތްހަމަނުޖެހޭނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. ޝަކުވާތައް ބެލުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭންނާއި ރާއްޖޭން ބޭރުން މީހުން ބިނާކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނަށް މިދިޔަ ފެބްރުއަރީ ހަތްވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި 1،000 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ލޯން ސްކީމުގެ ގޮތުގައި 720 ފުރުސަތު ހުޅުވާލި އެވެ. އެކަމަކު އެކި ސަބަބުތަކާހުރެ ކޮލިފައިވި ދަރިވަރުންގެ އަދަދު މަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293