twitterviber whatsapp telegramfacebookyoutube instagram
5th March 2024

ފެރީ ނިޒާމްގެ ހިދުމަތް ގިނަ ބަޔަކު ހޯދީ ސިއްހީ ފަރުވާއަށް: އަސްލަމް

ޚަދީޖާ އާދަމް
May 17, 2022

އިންޓަގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް އެންމެ ގިނަ ބަޔަކު ހޯދީ ބޭސް ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅަށް ނިސްބަތްވާ ޖުމުލަ 40 ރަށް ހިމެނޭ ޒޯނުގަ އެވެ. ފެރީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މިވަގުތު ހިދުމަތް ދެނީ ހަމައެކަނި ހދ. އަތޮޅުގެ ރަށްތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މިނިސްޓަރު އަސްލަމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން މިމަހުގެ ދެވަނަ ދުވަހު ފެށި އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ގިނަ ބަޔަކު ބޭނުންކުރީ ބޭސް ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދިއުމަށް ކަމަށެވެ. އެގޮތުން 11 ދުވަހުގެ 3،000 އަށް ވުރެ ގިނަ މީހުން ފެރީގެ ހިދުމަތް ހޯދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖުލައި މަހުގެ ކުރިން އެންމެ އުތުރުގެ ތިން އަތޮޅަށް އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ފަށާނެ ކަމަށެވެ. ހދ. އަތޮޅުގައި މިވަގުތު ފެރީ ދަތުރުތަކަށް އެއްވެސް އަގެއް ނުނެގި ނަމަވެސް ވަރަށް އަވަހަށް އެ ދަތުރުތަކަށް އަގު ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355