twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުދިންގެ ހަރަކާތްތައް މޮނީޓާ ކުރަން މިލަންދޫ ކައުންސިލުން ނިންމައިފި

May 17, 2022

ށ މިލަންދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ކައުންސިލުން އެރަށު ކުދިންގެ ހަރަކާތްތައް މޮނީޓާ ކުރަން ނިންމައިފި އެވެ.

އެރަށުގެ ކުޑަ ފިރިހެންކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިދިޔަ ހަފްތާ ވަނީ އާންމުވެފައެވެ.

އެކަމާ ގުޅިގެން އެރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް ސްކޫލު ކުދިންގެ މެދުގައި ބުލީކުރުމުގެ އަމަލުތައް ގިނަވެ، ބޭނުމެއް ނެތި ރަށުތެރޭގައި އުޅޭ ވަގުތުގައް ގިނަވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހަމައެއާއެކު، ދަރިވަރުން ބައެއް ކަންކަން ކުރުން ކައުންސިލުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި، ސްކޫލު ދަރިވަރުންނަށް ދަނޑުތައް ބޭނުން ކުރެވޭ ގަޑިތައް ކަނޑައަޅައި، އެ ނޫން ގަޑިތަކުގައި ދަނޑަށް ދިއުމާއި ކުޅެއުޅުން މަނާކޮށް، ކުޅެން ދާއިރު ހަވިރީ ހެދުން ލާނަމަ އެކުދިން ގެއަށް ފޮނުވާލުން ހިމެނެއެވެ.

އޭގެ އިތުރުން، ދަރިވަރުންނަށް މޫދަށް އެރެވޭނީ ބެލެނިވެރިންގެ ހާޒިރުގައި ކަމަށް ކަނޑައަޅައި، ހުކުރު ދުވަހު ހެނދުނު ސްކޫލު ކުދިންނަށް މޫދަށް އެރެވޭނެ އެންމެ ލަސްގަޑި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެއާ ޚިލާފު ވާނަމަ ފިޔަވަޅު އަޅާނެކަމަށް ކައުންސިލްގެ އިއުލާނުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355