twitterviber whatsapp telegramfacebookyoutube instagram
9th August 2026

ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
May 21, 2022

ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

މި މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ އެރަށުގައި އަލަށް އާބާދުވާން ފެށި ހިސާބުގައެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11،906،881.17 އަށެވެ. މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ފެބްރުއަރީ 6، 2022 ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ ފަހު ތާރީހަކީ މާޗް 6، 2023 އެވެ.

ހަނިމަދޫގައި މިވަގުތު ހުރީ 400 މީހުންގެ ޖާގައިގެ މިސްކިތަކާއި، 700 މީހުންގެ ޖާގައިގެ މިސްކިތަކާއި 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355