twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެޗްއާރު އެކްސްޕޯގެ ޑިޖިޓަލް ޕާޓަނަކަށް ދިރާގު

ޚަދީޖާ އާދަމް
May 21, 2022

ހިއުމަން ރިސޯސަސް ދާއިރާގެ ގިނަ ފަރާތްތަކާއެކު ބާއްވާ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2022 (އެމްއޭއެޗްއާރުޕީ) ގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް (މާޕު) އިން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. ގައުމީ ޔުނިވާސިޓީގައި މިއަދާއި މާދަމާ އޮންނަ އެޗްއާރު ކޮންވެންޝަންގައި އެޗްއާރު ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ. އެގޮތުން މި ކޮންވެންޝަންގައި މި ދާއިރާގެ އެންމެ ތަޖުރިބާކާރުންގެ ސްޕީޗްތަކާއި މި ދާއިރާގައި ބޭނުން ކުރާ އެންމެ ފަހުގެ އުކުޅުތައް ފެނިގެންދާނެ އެވެ.

ކޮންފަރެންސާއި ގޮތުން އެމްއޭއެޗްއާރުޕީގެ ރައީސް ހުސެއިން އަފީފު ވިދާޅުވީ ދިރާގުގެ ޕާޓްނާޝިޕާއެކު މި ކޮންފަރެންސް އިތުރަށް ފުރިހަމަވެ މައުލޫމާތުތައް ހިއްސާ ކުރަން ބޮޑު ފަސޭހައަކަށް ވެގެން ދާނެ އެވެ.

ދިރާގުން ދަނީ މިފަދަ ގިނަ ކޮންފަރެންސްތަކާއި އާއްނުންނަށް ފައިދާހުރި ގިނަ އިވެންޓްތަކެއްގައި އެހީތެރިވަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ ސީނިއަ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ދާއިރާގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުމަށް މާޕުން ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުނީގެ އެއްބާރުލުން މާޕަށް އަބަދު ވެސް ލިބޭނެ ކަމަށެވެ.

މި ކޮންފަރެންސުގައި ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ޕެނަލް ޑިސްކަޝަންތަކެއް ބާއްވާނެ އެވެ. މި ކޮންފަރެންސުގައި އޮފީސް މާހައުލުގެ ދުޅަހެޔޮކަމާއި ލީޑަޝިޕާއި އޮގަނައިޒޭޝަނަލް ބަދަލުތަކާއި ކުންފުނިތަކުގައި މި ދާއިރާ ބާއްވަން ޖެހޭ އެންމެ ރަނގަޅު ގޮތް ކިޔައިދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355