twitterviber whatsapp telegramfacebookyoutube instagram
8th May 2024

ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އިންޑިއާއިން މާލީ އެހީ ހޯދަނީ

May 21, 2022
1

ކައުންސިލްތަކުން އެކުލަވާލަންޖެހޭ އެރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މަޝްވަރާ ކުރައްވައިފިއެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހު ތާރީޚެއްގެ ގޮތުގައި އެލްޖީއޭއިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30އެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.

ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންތައް ހެދުމުގައި ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައެވެ. ލޭންޑް ޔޫސް ޕްލޭން ހެދުމުގައި އެއޮތޯރިޓީން އަދިވެސް އިސްކަންދޭނީ މިމަސައްކަތް ކުރެވޭނެ ދިވެހިންނަށްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވަރަކަށް ލޭންޑް ޔޫސް ޕްލޭން ހެދިފައި ނުވާ 44 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިމަސައްކަތް ކޮށްދޭނެ ޓެކްނިކަލް މީހުން އެންމެ ބޭނުންވާ މިންވަރަށް ނެތުމުންކަމަށެވެ.

އެލްޖީއޭއިން އިންޑިއާ އެމްބަސީއާއިއެކު ކުރެވުނު މަޝްވަރާތަކުގައި އެންމެ ބޮޑަށް އެދިފައިވާނީ މިކަމުގައި މާލީ އެހީތެރިކަން ހޯދުމަށްކަމަށާއި އަދި މިކަމަކީ ފަންނީ އަދި ވަރަށް ޓެކްނިކަލް މަސައްކަތަކަަށްވުމުން ފަންނީ އެހީތެރިކަމަށްވެސް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355