twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަހަތުން އަރާ އެސްޓަންވިލާ ބަލިކޮށް މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
May 22, 2022

އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ ފަހު މެޗުތަކުގައި އެސްޓަންވިލާ ބަލިކޮށް މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ލިވަޕޫލުން ލީގުގެ ދެވަނަ ލިބިއްޖެ އެވެ.

މިރޭ ކުޅެވުނު މެޗު ސިޓީން ކާމިޔާބުކުރީ އެސްޓަންވިލާއިން 2 ލަނޑުގެ ލީޑެއްގައި އޮއްވާ ފަހަތުން އަރާ 3 - 2 ން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެސްޓަންވިލާއިންނެވެ. މެޗުގެ މެޗުގެ 37 ވަނަ މިނެޓުގައި އެސްޓަންވިލާގެ މެޓީ ކޭޝް އެޓީމަށް ލީޑު ނަގައިދިންއިރު މެޗުގެ 69 ވަނަ މިނެޓުގައި ފިލިޕް ކުޓީނިއޯ ވަނީ އެސްޓަންވިލާއަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގައި ސިޓީގެ ފުރަތަމަ 76 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އިލްކޭ ގުންޑޮގަން އެވެ.

78 ވަނަ މިނެޓުގައި ރޮޑްރީ ސިޓީއަށް އެއްވަރުކޮށްދިންއިރު އޭގެ އިރުކޮޅެއް ފަހުން 81 ވަނަ މިނެޓުގައި ގުންޑޮގަން ވަނީ ސިޓީ މެޗުގައި ލީޑު ނެގި ލަނޑުޖަހައިދީ އެޓީމަށް ލީގު ކާމިޔާބުކޮށްދީފަ އެވެ. މިމެޗުގައި ސިޓީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ސިޓީން މުޅި މެޗުގައި ޖުމްލަ 25 ހަމަލާ އުފެއްދިއިރު އެސްޓަންވިލާއަށް އުފެއްދިފައިވަނީ އެންމެ 4 ހަމަލާ އެވެ.

މިމެޗުން މޮޅުވުމުން ލިބުނު 3 ޕޮއިންޓާއެކު ޖުމްލަ 93 ޕޮއިންޓް ހޯދައިގެން ސިޓީން ލީގު ކާމިޔާބުކުރިއިރު މިރޭ ލިވަޕޫލަށް ވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތެވެ. އެގޮތުން ލިވަޕޫލުން މިރޭ 3 - 1 ން ވުލްވުސް ބަލިކުރި ނަމަވެސް އެސްޓަންވިލާ އަތުން ސިޓީ މޮޅުވުމުން ލިވަޕޫލަށް އެ ފުރުސަތު ގެއްލުނީ އެވެ.

ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައި ޖުމްލަ 92 ޕޮއިންޓާއެކުގަ އެވެ. 3 ވަނައިގައި 74 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ގަދަ 4 ގެ ފަހު ޖާގަ ލިބުނީ މިރޭގެ މެޗުން ހޯދި މޮޅާއެކު ޖުމްލަ 71 ޕޮއިންޓާއެކު ޓޮޓެންހަމަށެވެ.

69 ޕޮއިންޓާއެކު 5 ވަނައިގައި އާސެނަލް އޮތްއިރު ޔުނައިޓެޑް އޮތީ 58 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ. އަދި 7 ވަނަ ލިބުނީ 56 ޕޮއިންޓާއެކު ވެސްޓްހޭމް ޔުނައިޓެޑަށެވެ.

މިރޭގެ މޮޅާއެކު މެންޗެސްޓަރ ސިޓީން މިވަނީ ޖައްސަ ޖައްސައިގެން 3 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިފަހަރުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުނީ ސިޓީގެ ޑިބްރޭނާ އަށެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޯދީ ސިޓީގެ ފޯޑަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355