twitterviber whatsapp telegramfacebookyoutube instagram
5th January 2026

ވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި

May 24, 2022

ވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ މިމަހު 31 އިން ފެށިގެން ވާކްވީޒާ އާއި ބިޒްނަސް ވީޒާ ފިޔަވައި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާ ފަރާތްތަކުންނާއި، ވީޒާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު މެޑިކަލް ރިޕޯޓްގެ އިތުރުން ހެލްތު އިންޝުއަރެންސް ޕޮލިސީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، ވިސާގެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް އެދޭއިރުވެސް އެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭކަމަށެވެ.

އެ އިދާރާއަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ އިންޝުއަރެންސް ވާން ޖެހޭނީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ކަމަށެވެ.

ނަމަވެސް ވޯކް ވިސާއާއި ބިޒްނަސް ވިސާގެ އިތުރުން ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355