twitterviber whatsapp telegramfacebookyoutube instagram
14th April 2026

ފަޅުރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލުތަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅުގޮތް: އެލްޖީއޭގެ ސީއީއޯ

May 28, 2022

ފަޅުރަށްތައް ބެލެހެއްޓުމަށް އަތޮޅު ކައުންސިލުތަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ކުރިއަށްދާ "ވިޔަވަތި" ލާމަރުކަޒީ ނިޒާމު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ އަތޮޅު ކައުންސިލު ތަކަކީ މުޅި އަތޮޅުގެ ރިސޯސް ސެންޓަރަށް ވުމުގެ ޓެކްނިކަލް ކެޕޭސިޓީ ހުރި ތަންތަން ކަމުގައި ވާން ޖެހޭ ކަމަށެވެ.

ކައުންސިލުތަކަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ނުހެދުމުގެ ސަބަބުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ގޯތި ދިނުން ލަސްވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށާއި ދައުލަތުގެ އިދާރާތައް ގިންތިކުރުމުގައި ކައުންސިލުތައް ހަތަރުވަނަ ދަރަޖައިގައި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ފެށި ފޯރަމަކީ އެފަދަ މައްސަލަތަކާ މެދު މަޝްވަރާކޮށް ހައްލު ހޯދޭނެ ހަރަކާތެއް ކަމަށެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފޯރަމުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކައުންސިލަރުން ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355