twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ

May 29, 2022

ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި އިއްޔެ ބޭއްވި "ވިޔަވަތި" ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑީކާޑު ރާއްޖޭގައި ބޭނުންކުރަން ފެށިއަސް، އައިޑީކާޑު ޕްރިންޓު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓްރީތަކާއި ގުޅިގެން އެމަސައްކަތުގަައި މިހާރު ކުރަމުން އަންނަނީ ޑޭޓާ އެންޓާކުރުންކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ އައިޑީކާޑު ހެއްދުން އަދިވެސް މާލެއިން ކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި އަތޮޅު ކައުންސިލުން އައިޑީކާޑު ހެއްދޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މި ނިޒާމުގެ ދަށުން އައިޑީކާޑުގެ ވެރިފަރާތާ ގުޅުން ހުރި މައުލޫމާތު އެމީހެއްގެ ހުއްދައާ އެކު ފޯރުކޮށްދޭނެ ގޮތް މަގުފަހިވާނެއެވެ.

ޒަމާނީ ލުއި ފަސޭހަތަކާ އެކު ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ވެސް ލުއި ވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިޖިޓަލްކޮށް އައިޑީކާޑު ހެއްދޭނެ ގޮތް 2023 ގައި ތައާރަފް ކުރާނެކަމަށް މިނިސްޓަރު ޝައުނާ ވަނީ މީގެކުރިން ވިދާޅުފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355