twitterviber whatsapp telegramfacebookyoutube instagram
15th April 2026

ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

May 30, 2022

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުނަށާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަކީ ރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީސީސީ އޭ ލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީ ގެ ދިވެހި އަދި އިސްލާމް، މި ދެ މާއްދާއިން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނެވެ.

ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް، މަދަރުސާ އަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނެވެ.

ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން ކިޔަވަން ބޭނުން ގައުމަކު ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

އެ ސްކޮލަޝިޕަށް ހުޅުވާލާތާ 18 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމަށް ކުރިމަތިލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355