twitterviber whatsapp telegramfacebookyoutube instagram
6th May 2024

އަޔާޓާ ޓްރެއިނިންގ ސެންޓަރަކަށް އެވިޑް ކޮލެޖް ހަމަޖެހިއްޖެ

May 30, 2022

އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިންގ ސެންޓަރުގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ހަމަޖައްސައިފި އެވެ.

މިކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވެވީ ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެވިޑް ކޮލެޖަށް ސެޓިފައިޑް ލިޔުން ޙަވާލުކޮށްދެއްވެވީ ސައުތު އޭޝިޔާ ރީޖަންއަށް "އަޔާޓާ" އިން ކަނޑައަޅުއްވާފައިވާ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މިސްޓަރ ލޮކޭޝް މައްޓާއެވެ.

އޮތަރައިޒްޑް "އަޔާޓާ" ޓްރެއިނިންގ ސެންޓަރަކަށް އެވިޑް ކޮލެޖް ހަމަޖެހުމާއެކު "އަޔާޓާ" ގެ ވެބްސައިޓުގައިވާ ޓްރެއިނިންގ ޕާރޓްނަރސް ލިސްޓްގައި އެވިޑް ކޮލެޖްގެ ނަން ހިމެނިފައިވެއެވެ. އަދި މިދަންނަވާ ކޯސްތަކަކީ އެވިޑް ކޮލެޖުން ހިންގޭނެ ކޯސްތަކެއްކަމުގައިވެސް ލިސްޓްކުރެވިފައިވެއެވެ.

އެގޮތުން އެވޮޑް ކޮލެޖުން ހިންގޭނެ ގޯސްތަކުގެ ތެރޭގައި ފައުންޑޭޝަން އިން ޓްރެވަލް އެންޑް ޓޫރިޒަމް ވިތް ސޭބަރ، ފައުންޑޭޝަން އިން ޓްރެވަލް އެންޑް ޓޫރިޒަމް ވިތް ސޭބަރ ފޮރ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ޓްރެއިނިން ޕްރޮގްރާމް، ފަންޑަމެންޓަލް ސްކިލް އިން ޖާރނީ ޕްރައިސިން އެންޑް ޓިކެޓިން، ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް ފެއާރސް އެންޑް ޓިކެޓިން އަދި ޓްރެވލް އެންޑް ޓޫރިޒަމް ކޮންސަލްޓެންޓް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355