މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 8:00 އިން 12:00 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނީ މިއަދު ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް 45 މޭލަށް ކޮޅިގަނޑުގައި ވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert Yellow pic.twitter.com/24xJbIT24M
— Maldives Meteorology (@MetMaldives) May 31, 2022
މެޓު އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް އެ އިދާރައިން ބުންޏެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އަދި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވަނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވަނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ރާޅުގެ އުސްމިން ހުންނާއި 5 ފޫޓާއި 8 ފޫޓްގައެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މިދުވަސްވަރަކީ އާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ހުރިހާ ފަރާތްތަކަކުން ވެސް އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.