twitterviber whatsapp telegramfacebookyoutube instagram
15th July 2025

ހައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހު 26ގައި ފުރަނީ

Jun 4, 2022

ރާއްޖޭން މިއަހަރު ހައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ފުރާ ފުރަތަމަ ގުރޫޕްގައި 157 މީހުން ހައްޖަށް ފުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަމަޖައްސައިދީފައިވާ 453 ކޯޓާ ސަރުކާރުން ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތުން ޖުމްލަ ކޯޓާގެ ތެރެއިން 352 ޖާގައަށް ހައްޖަށް ގެންދަނީ އެ ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ކިއު ތަރުތީބުންނެވެ. ބާކީވާ ޖާގަތަކަށް މީހުން ގެންދަން ނިންމާފައިވަނީ އެ ޖާގަތަކަށް އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުން ގުރުއަތުން ނަގައިގެންނެވެ.

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށެވެ. ގުރުއަތުން ހޮވޭ ޖާގަތަކުގައި ހައްޖަށްދާ މީހުން 76،960 ރުފިޔާ ދައްކަންޖެހެ އެވެ. ގުރުއަތުން ހޮވުނުކަން އަންގާތާ ތިން ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355