twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީގައި ކޮމްޕިއުޓަރ ކޯސް ތަކެއް ފަށަނީ

May 30, 2011

އިބްރާހިމް ހަމީދު

ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން އިން ކުޅުދުއްފުށީގައި ކޮމްޕިއުޓަރ ކޯސްތަކެއް ފަށާގޮތަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން މިކޯސް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މިއީ ސެންޓަރ ފޯރ ކޮންޓިއުނިން އެޑިޔުކޭޝަނުން ހިންގާ މިފަދަ ފުރަތަމަ ކޮމްޕިއުޓަރ ކޯސްކަމަށެވެ. އަދި މިކޯސް ކުރިއަށްދާނީ ހދ ތައުލީމީ މަރުކަޒުގެ ޓީޗާރސް ރިސޯސް ސެންޓަރުގައި “ދެވަނަ ފުރުޞަތު”ގެ ނަމުގައި ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ކަމަށެވެ.

މިކޯހުގެ މައިގަނޑު މަގުޞަދަކީ ކުޅުދުއްފުށީގެ ތައުލީމީ ހާލަތު ރަގަޅުކޮށް ތަރައްޤީ ވަމުންދާ އިންސާނީ ވަޞީލަތްތަކަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުވުން ކަމަށް ގަފޫރު ވިދާޅުވިއެވެ. މިއީ ސީދާ ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެއްވެސް ފީއެއް ނުނަގާ ހިންގާ ކޮމްޕިއުޓަރ ބޭސިކް އަދި އެޑްވާންސް ކޯހެކެވެ.

މިކޯހަކީ އެމް ކިޔު އޭ އިން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަމަށް މިކޯސް އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދެއެވެ. ދެކުލާހަކަށް ބަހާލައިގެން ކޮންމެ ކުލާހެއްގައި 19 ޖާގަ ދޫކުރާ މިކޯހުގައި ބައިވެރިވުމުގެ ފޯމް ދޫކުރުމާއި ފޯމްބަލައިގަތުން ހަމަޖެހިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ 1600 އާހަމައަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355