twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ދިރާގު ޓީވީއަށް

ނަބީލާ އިސްމާޢީލް
Jun 6, 2022

އައި ފިލްމްސްގެ މުޅިން އާ ސީރީސްއެއް ކަމަށްވާ "ބިރުވެރިވާހަކަ" ދިރާގު ޓީވީން ދައްކަން ފަށައިފިއެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ދައްކާފައިވަނީ އެ ސީރީސްގެ ފުރަތަމަ އެޕިސޯޑު "ފޯން ކޯލް" އެވެ.

އެ ސީރީސްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނި ގޮތުގައި "ބިރުވެރީ ވާހަކާ"އަކީ ޕެރަނޯމަލްގެ މައްޗަށް ބިނާކޮށްފައިވާ ބިރުވެރި ސީރީސެކެވެ. ކޮންމެ އެޕިސޯޑެއްގައި ވެސް ދައްކުވައިދޭނީ ތަފާތު ވާހަކަތަކެއް ކަމަށާއި މި ސީރީސް ވެގެންދާނީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ސީރީސް އަަކަށް ކަމަށް އޭނާ ބުންޏެވެ.

"ބިރުވެރި ވާހަކާ އަކީ އައިފިލްމްސް އިން ކުރިއަށް ގެންދާ ފުރަތަމަ ސީރީސް. އަޅުގަނޑުމެންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ދިރާގު ޓިވީއަށް ޝުކުރު ދަންނަވަން. ކޮވިޑުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސީރީސް ހެދުމުގައި ހޭދަކުރަން ޖެހުން. މިހާރު މިތިބީ ބެލުންތެރިންގެ ފަރާތުން ލިބޭނެ ރިއެކްޝަނަކަށް ކެތްތެރިކަމާއެކު އިންތިޒާރުގަ. ހުރިހާ ކަމެއްގަ ވެސް މެދު ނުކެނޑި ދިން އެއްބާރުލުމަށް ޝުކުރިއްޔާ ދިރާގަށް،" އައި ފިލްމްސްގެ ސީއީއޯ އިލްޔާސް ވަހީދު ބުންޏެވެ.

މިކަމާ ގުޅިގެން ދިރާގު ޓީވީގެ ޕްރޮޑަކްޓު މެނޭޖަރު ހަސަން ހުސްނީ ވިދާޅުވީ ކޮވިޑުގެ ސަބަބުން ދިމާވި ހުރިހާ ދަތިތަކަށް ފަހު ދިރާގު ޓީވީ މެދުވެރިކޮށް ބިރުވެރި ވާހަކަ ސީރީސް ގެނެސްދޭން ފެށިފައިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އެކްސައިޓެޑް ވަރަށް. ގިނަ ދުވަސްތަކެއްގެ ޑިލޭ އަކަށް ފަހު ބެލުންތެެރިން މި ސީރީސް ގެނެސްދެވެނީ މި. ދިރާގު ޓީވީ މެދުވެރިކޮށް މިކަން ކުރެވޭތީ އުފާވޭ،" ހުސްނީ ވިދާޅުވިއެވެ.

ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ޕްރީމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓާއެކު "ވީޑިއޯ އޮން ޑިމާންޑް ފީޗާ" ރާއްޖޭގައި ފޯރުކޮށްދޭ ފުރަތަމަ އައިޕީޓީވީގެ ހިދުމަތްދޭ ކުންފުންޏެވެ. ވީއޯޑީއަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބޭނުންކުރާ ގޮތް އަލުން ކަނޑައެޅޭނެ އާ ފީޗާއެކެވެ. މި ފީޗާގެ ސަބަބުން ދިރާގުޓީވީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ވެސް މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355