twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެވިޑް ކޮލެޖުގެ ރަމަޟާން ކުއިޒް ކާމިޔާބުކޮށް، އުމުރާ ދަތުރު އަމާނީއަށް

Jun 8, 2022

އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯ އިން އިންތިޒާމްކޮށްގެން މިދިޔަ ރަމަޟާންމަހުގައި ބޭއްވި " އެވިޑް ރަމަޟާން ކުއިޒް 1443 " ގެ ނަމުގައި ބޭއްވި ކުއިޒް މުބާރާތް ކާމިޔާބުކުރި ފަރާތަށް މިއަދު ލިޔުން ޙަވާލުކޮށްފިއެވެ.

" އެވިޑް ރަމަޟާން ކުއިޒް 1443 " ކުރިއަށް ގެންގޮސްފައިވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނިމިގެންދިޔަ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ހުށަހެޅުމުން އެސުވާލުގެ ރަނގަޅު ޖަވާބު ދިމާކޮށް އެވިޑް ކޮލެޖަށް މެންދަމު ބާރަ ޖެހުމުގެ ކުރިން ޖަވާބު ފޮނުވާގޮތަށެވެ.

މިއަދު މެންދުރުފަހު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުއިޒްގެ ހުރިހާ ސުވާލުތުތަކަކަށް ރަނގަޅު ޖަވާބު ފޮނުއްވި 19 ބޭފުޅުންގެ މެދުގައި ގުރުއަތުލުން ބޭއްވިއެވެ. އަދި އެބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވި އުމުރާ ދަތުރު ކާމިޔާބުކުރެއްވީ ޅ. ހިންނަވަރު ، ދައުހަދާގޭ އަލްފާޟިލާ އައިޝަތު އަމާނީއެވެ. އޭނާއަށް މަރުހަބާ ދަންނަވައި އެވިޑް ކޮލެޖުގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއާމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ. އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު ވަރަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355