twitterviber whatsapp telegramfacebookyoutube instagram
19th January 2026

ދިރާގުން ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފި

Jun 9, 2022

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޒުވާނުންނާއެކު ސްނޯކްލިން ސެޝަންތަކެއް ބާއްވައިފި އެވެ.

ކަނޑުތަކަށް ކުނި ނޭޅުމަށް ގޮވާލާ ފާހަގަ ކުރާ ކަނޑުތަކުގެ ދުވަހު ޒުވާނުންނަށް މައުލޫމާތު ދީފައިވަނީ ދިރާގު އެމްބެސެޑަރު އަދި މަޝްހޫރު ޑައިވަރު ޒޫނާ ނަސީމް އެވެ. މި ސެޝަންގައި މިހާރު ކަނޑުތަކުގެ ހާލަތާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ހިންގި އެވެ.

މި ސެޝަންގެ މައިގަނޑު މަގުސަދަކީ ޒުވާނުން ހޭލުންތެރިކަން އިތުރު ކުރުމާއި ޒުވާނުންނަށް މައުލޫމާތު ދިނުމެވެ.

ދިރާގަކީ ކަނޑުތަކަށް އަޅާ ކުނި މަދުކުރަން ހިންގާ ހަރަކާތުގެ މުހިންމު ބައިވެރިވެކެވެ. އެ ކުންފުނިން ވަނީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކެވޭ ކޮތަޅެއް ނެރެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355