twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަތީ ތައުލީމުގެ ލޯނު 453 ދަރިވަރަކަށް، ދާއިމީ ލިސްޓު އާންމުކޮށްފި

ޚަދީޖާ އާދަމް
Jun 9, 2022

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދާއިމީ ލިސްޓު މިއަދު އާންމުކޮށްފި އެވެ. ލޯނުގެ ފުރަތަމަ ބުރުން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން 453 ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތައް ބެލުމަށް ފަހު އިތުރު 59 ދަރިވަރަކަށް މަތީ ތައުލީމު ހާސިލްކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލި ލޯނުގެ 720 ޖާގަ އަށް 1،000 ދަރިވަރުން ކުރިމަތިލި އެވެ. ނަމަވެސް މިދިޔަ މަހުގެ 16 ގައި ވަގުތީ ލިސްޓު އާއްމުކުރީ 393 ދަރިވަރުންނަށް ފުރުސަތު ދީފަ އެވެ. ގިނަ ދަރިވަރުން ޑިސްކޮލިފައިވީ ވެސް ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގަ އަށް ވުރެ ގިނަ ދަރިވަރުންނެއް ކުރިމަތިލުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ މުހިއްމު ބައެއް ދާއިރާތަކަށް ސްލޮޓްތައް ރިޒާވް ކުރިއަސް ތަރުހީބު ނުލިބޭ ކަމަށެވެ. އޭގެ ތެރެއިން، އެގްރިކަލްޗަރު އެންޑް ފިޝަރީޒް، އޮކިއުޕޭޝަނަލް ހެލްތު ސޭފްޓީ އަދި ކެއާ އެލްޑަލީ އެންޑް ޑިސްއޭބަލްސް ކޯހަށް އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ.

މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު 252 ދަރިވަރަކު ލޯނަށް އެދުނެވެ. އެމްބީބީއެސް ހަދަން ހުޅުވައިލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355