twitterviber whatsapp telegramfacebookyoutube instagram
4th May 2024

"މޯލްޑިވްސް ހެލްތު ސާވިސަސް" އުފައްދެވުމަށް ރައީސް ނިންމަވައިފި

ނަބީލާ އިސްމާޢީލް
Jun 15, 2022

ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކުރަން މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމަވާފައި މިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ސިއްހީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުންނެވެ.

މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށްކަމަށް ވާއިރު، މިއީ މީގެ ކުރިން ކުރިއަށްގެންދިއުމަށް ފަހު މެދުކެނޑިފައިވާ ހިދުމަތެކެވެ. ޑޮކްޓަރުން މަދުވިޔަސް ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ބަލި މީހުންގެ ކަންކަން ބެލެހެއްޓޭނެ ކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އަންނަނީ ހަމައެކަނި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި މުޅި ރާއްޖެއިން ރަނގަޅު ސިއްހީ ހިދުމަތެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން ރަށްރަށުގެ ހެލްތު ސެންޓަރުތަކުގައި ހާއްސަ ބަލިިތަކުގެ ޑޮކްޓަރުން ބެއިތިއްބުމަށާއި، ހެލްތު ސެންޓަރުތަކުން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

އެގޮތުން، ކުޅުދުއްފުށީ، ރ. އުނގޫފާރު، ގދ، ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355