twitterviber whatsapp telegramfacebookyoutube instagram
29th October 2026

ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

Jun 18, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސްޓްރަކްޗާ ބަދަލުކޮށް, ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

މިގޮތަށް އެމްޕީއެލް އިން ނިންމީ އައްޑޫ ސިޓީގައި ހިންގާ ސަރަހައްދީ ބަނދަރުގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކުންފުނީގެ ހާއްސަ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

އެމްޕީއެލް އިން މިވަގުތު ސަރަހައްދީ ބަނދަރުތައް ހިންގަނީ އައްޑޫ ސިޓީގެ ހިތަދޫގައި އާއި ކުޅުދުއްފުށީގަ އެވެ.

ހިތަދޫ ބަނދަރުގައި ބޭއްވި ބޯޑު މީޓިންގ ތަކުގައި ވަނީ ގިނަ ސިޔާސަތުތަކެއް ފާސްކޮށް ސަރަހައްދީ ބަނދަރުތަކުގެ އިންތިޒާމީ އޮނިގަނޑަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ މުވައްޒަފުންގެ ސުވާލުތަކާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ސަރަހައްދީ ބަނދަރުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޯޑުން ވަނީ ފާސްކޮށްފައެވެ. އަންނަމަހުން ފެށިގެން މުސާރައާއެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެއެވެ. މީގެއިތުރުން މުވައްޒަފުންނަށް ކުރިއެރުންވެސް ލިބޭނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ރިޓަޔާމަންޓް ޕޮލިސީއަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އާލީ ރިޓަޔަމަންޓްގެ ގޮތުގައި ރިޓަޔާކުރާނީ 65 އަހަރުވުމުން ކަމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293