twitterviber whatsapp telegramfacebookyoutube instagram
11th September 2025

ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަނީ

Jun 19, 2022

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީއެ ޕާޓީން ރިޔާސީ ދަތުރަށް މިސްރާބު ޖަހައި، ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ. އަމާޒަކީ ދެ މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުން ކަމަށް ވިދާޅުވި އެވެ.

އެމްޑީއޭގެ އޯޑިނަރީ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 30 ގަ އެވެ. މައުރޫފް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ކައުންސިލް ބޮޑުކޮށް، 300 މެމްބަރުން ތިބޭ ގޮތަށް ބަދަލުކުރާނެ އެވެ. އޭރުން ކޮންމެ ރަށެއްގައި ވެސް ކައުންސިލް މެމްބަރަކު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، އެމްޑީއޭ އުފައްދައި މިހާތަނަށް ވެރިކަމުގައި ދެމިއޮތީ، ކޯލިޝަން ހަދައިގެން ނޫން ކަމަށެވެ. ޕީޕީއެމް 2013 ގައި ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގައި އެންމެ ގިނަ ދުވަހު ދެމިއޮތީ އެ ޕާޓީ އެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީއޭ ފެންނާނީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވެފައި އޮތް ސިޔާސީ ބޮޑު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާއިރު، ތަބަބަކަށްލާފައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް އެއްވެސް އިންތިހާބެއްގައި ޓިކެޓް ނުދޭނެ ކަަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355