twitterviber whatsapp telegramfacebookyoutube instagram
7th January 2026

ހަމަނުޖެހުން ހިންގަން ބޭނުންކުރި ބައެއް އަލާތްތައް ނެރުނީ ޕީޕީއެމް އޮފީހުން: ޕޮލިސް

ޚަދީޖާ އާދަމް
Jun 21, 2022

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރުނީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ އޮފީހުން ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކުރަމުންދާކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުން ކަން އެނގިފައި ވެ އެވެ،" ނޫސްބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

އަދި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފިއެވެ.

މި ކަމާއި ގުޅިގެން ރައީސް ވަނީ ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލަބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355