twitterviber whatsapp telegramfacebookyoutube instagram
18th April 2024

ބަންދާ ދިމާކޮށް ޕީސީއާރު ހަދަން މަޖުބޫރު ކުރުމުގެ ވިސްނުމެއް ނެތް: އެޗްޕީއޭ

Jun 21, 2022

ކުރިއަށް އޮތް ސްކޫލު ބަންދާ ދިމާކޮށް ޕީސީއާރް ހަދަން މަޖުބޫރު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް, ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޕީއޭއިން ބުނީ އެފަދަ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި، ކޭސްތައް މަދުކުރުމަށްޓަކައި މާސްކު އެޅުމާއި ގައިދުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ އަޟްހާ ޢީދު ބަންދާއި ސްކޫލު ބަންދުގައިވެސް ދަތުރު ކުރުމުގެ ކުރިން ޕީސީއާރް މަޖުބޫރު ކުރާނެ ކަމަށް އާންމުން ބައެއް ފަރާތްތަކުން ބުނަމުން ދާތީއެވެ.

ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫންކަމަށް އެޗްޕީއޭއިން ކަނޑައެޅީ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން ލުއި ދިން ކަންކަމުގެ ތެރޭގައި ދަތުރު ކުރުމުގައި ކަރަންޓީންވާން ނުޖެހުމާއި ޕީސީއާރާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355