twitterviber whatsapp telegramfacebookyoutube instagram
7th January 2026

ކޮވިޑް ހާލަތު ގޯސްވާތީ ހަރަކާތްތައް ލަސްކުރަން އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Jun 22, 2022

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން މިރޭ އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވިޔަސް ވީހާ ވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެ ބަލީގައި މި މަހު ތިން މީހަކު ވަނީ މަރުވެފައެވެ.

ދަތުރުފަތުރު ކުރުމުގެ ކުރިން ދަތުރުކުރާ ރަށުގެ ނުވަތަ ގައުމުގެ ކޮވިޑްގެ ހާލަތު ދެނެގަތުމާއި ހައިރިސްކު މީހުން ގޮވައިގެން ދަތުރުކުރާ ނަމަ އަދި ކޮވިޑް ގިނަ ތަންތަނަށް ދާ ނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމަށްވެސް އެދިފައި ވެއެވެ.

ދަތުރުކުރުމުގެ ކުރިން، ދާ ގައުމެއްގެ ކޮވިޑް ޓެސްޓު އަދި ވެކްސިން ޖެހުމުގެ އުސޫލުތައް ރަނގަޅަށް ބެލުމަށާއި ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަން ޖެހޭ ނަމަ ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑް އަލުން ހަދަން ޖެހޭ ނަމަ އެކަން ދުރާލައި ކުރުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355