twitterviber whatsapp telegramfacebookyoutube instagram
3rd June 2023

ދިރާގު ވޯޑްސާޗު މުބާރާތް ކާމިޔާބުކޮށްގެން އީދު ދަތުރެއް

ޚަދީޖާ އާދަމް
Jun 25, 2022

ދިރާގުން އިއުލާން ކުރި "ވޯޑް ސާރޗު" ގޭމް ކާމިޔާބުކޮށްގެން ހިލޭ އީދު ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޓަކައި ޖެހެނީ ފޭސްބުކް އަދި ޓްވިޓާގެ ބައިވެރިންނަށް ދިރާގުން ޝެއާ ކޮށްފައިވާ ފޮޓޯ ސޭވްކޮށް، ހާއްސަ ފަސް ބަސް ހައިލައިޓްކޮށް ނުވަތަ ބޮޅުއަޅާށެވެ. އެއަށް ފަހު ދިރާގުގެ ޕޯސްޓަށް 'ރިޕްލައި'އެއްގެ ގޮތުގައި ފޮޓޯ ހިއްސާކުރާނީއެވެ.

މި ގޭމުގައި ހޯދަން ޖެހޭ ފަސް ބަހުގެ ތެރޭގައި ހިމެނެނީ "މޯލްޑިވްސް، ފާސްޓެސްޓް، މޮބައިލް، ނެޓްވޯކް، ދިރާގު"އެވެ.

އެ މުބާރާތް އަންނަ ހޯމަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތް ކާމިޔާބު ކުރާ މީހަކު www.random.org އިން ހޮވައި، އަންނަ ހަފްތާގެ ތެރޭގައި ދިރާގު ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި އިއުލާން ކުރާނެއެވެ.

އެ މުބާރާތުގެ އިނާމެއްގެ ގޮތުގައި މުބާރާތް ކާމިޔާބު ކުރާ ނަސީބުވެރިޔާގެ އިތުރުން، އިތުރު މީހަކަށް، އަންނަ މަހުގެ 14 އިން 16އަށް މާފުށީގެ ވެލާނާ ހޮޓެލްސްގައި ދެ ދުވަހު ހިލޭ ތިބެވޭނެހެން އީދު ޗުއްޓީ ހޭދަކުރެވޭނެއެވެ. މީގެ އިތުރުން ފުލް ބޯޑް (ނާސްތާ، މެންދުރުގެ ނާސްތާ އަދި ރޭގަނޑުގެ ކެއުން) އަދި ރިޓާން ޓްރާންސްފާ ވެސް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355