twitterviber whatsapp telegramfacebookyoutube instagram
12th March 2025

އައިކެއާރ އިން ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއެކު ކުޅުދުއްފުށީގައި އައި ކޭމްޕެއް ފަށައިފި

May 31, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުންނަ އައިކެއާރ އިން ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއެކު އައި ކޭމްޕެއް ފަށައިފިއެވެ.

އައިކެއާރ އޮޕްޓިކަލްގެ މެނޭޖަރ ހަސަން އަލީ ވިދާޅުވީ މިއީ މިއަދުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކޭމްޕެއް ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުޅުދުއްފުށީގައި ހުންނަ އައިކެއަރ އިން ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

އައިކެއަރ އިން ޑޮކްޓަރަށް ދެއްކުމަށް 150 ރުފިޔާގެ ފީއެއް ނަގާއިރު ލޮލޮގެ ނަމްބަރު ނެގުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށް އެ އޮޕްޓިކަލްސް އިން މައުލޫމާތުދެއެވެ. މަދަނައިގެ ހިދުމަތް ލިބޭ މި އޮޕްޓިކަލްސް އިން އައި ކޭމްޕް ނިމެންދެން ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355