twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެވިޑް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު

ޚަދީޖާ އާދަމް
Jun 27, 2022

ކޮވިޑް-19 ރިލީފް ފަންޑުގެ އެހީގެ ދަށުން ދިވެހި ސަރުކާރުން ހުޅުވާލައްވާފައިވާ ތައުލީމާ ތަމްރީން ދިނުމުގެ ފުރުސަތުގެ ތެރެއިން، އެވިޑް ކޮލެޖުން ހިންގާ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވެ މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެ ކޮލެޖުން ބުނެފި އެވެ.

ކޯހުގައި މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތުގެ އިތުރުން ކިޔަވާ މުއްދަތުގެ ތެރޭގައި ދަރިވަރަށް ޕޮކެޓްމަނީގެ ގޮތުގައި ދިވެހި ސަރުކާރުން ކޮންމެ މަހަކު -/5000 (ފަސްހާސް) ރުފިޔާ ދެއްވާގޮތަށް ހަމަޖެހިފައިވެއެވެ.

އެވިޑް ކޮލެޖުން ހާމަކުރި ގޮތުގައި މިކޯހަކީ އެމް.ކިޔޫ.އޭ އިން ހުއްދަ ލިބިގެން 6 މަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ. ޖުމުލަ 8 މޮޑިއުލް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް އެރޮގުން މަތީ ތައުލީމު ހާސިލްކުރަން ފެށުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަރަށް މުހިންމު ބޭނުންތެރި ކޯހެކެވެ.

ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި ފަންޑަމެންޓަލްސް އޮފް ކޮމްޕިއުޓަރސް، ޔޫސިންގ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމް ، ފަންޑަމެންޓަލްސް އޮފް ހާޑްވެއަރ ޓްރަބަލް ޝޫޓިންގ، ޑޮކިޔުމެންޓް މެނޭޖްމެންޓް ޔޫސިންގ އެމް.އެސް ވޯޑް، ޑާޓާ މެނޭޖްމެންޓް ޔޫސިން އެމް.އެސް އެކްސެލް ފަދަ ބޭނުންތެރި މޮޑިއުލްތައް ހިމެނެއެވެ.

ކޯހުގައި ބައިވެރިވުމަށް ޖޮބް ސެންޓަރ މެދުވެރިކޮށް https://jobcenter.mv/dv/courses/certificate-iii-in-information-technology މިލިންކުން އެޕްލައިކުރެވޭނެއެވެ.

މިކޯސް ހެދުމަށްޓަކައި އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ނުވަތަ އެވިޑް ކޮލެޖް މާލޭ ކެމްޕަސް ހިޔާރުކުރެވިދާނެއެވެ. އިތުރު މައުލޫމާތު 7525352 ނަންބަރުން ލިބިލައްވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355