twitterviber whatsapp telegramfacebookyoutube instagram
16th September 2025

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ނަބީލާ އިސްމާޢީލް
Jun 28, 2022

އަންނަ މަހު މާފުށީގައި ބާއްވާ އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖެއަށް ގިނަ ރަން ވަނަތަކެއް ހޯދަމުން ގެންދާ ބޮޑީ ބިލްޑިންގެ އޭޝިއާގެ ޗެމްޕިއަންޝިޕް މުބާރާތް އޮންނާނީ އަންނަ މަހުގެ 15 އިން 21 އަށް ކ. މާފުށީގަ އެވެ.

މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިގެން ދިއުމާ ގުޅިގެން އެ ކުންފުނީގެ ސީނިއަ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ 54 ވަނަ ބޮޑީ ބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތުގެ ޕާޓްނަރަށްވުމަކީ ލިބިގެންދާ އުފަލެއް ކަމުގަ އެވެ.

ބޮޑީ ބިލްޑިން ޕެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ ދިރާގު ޑިޖިޓަޕް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީތީ އެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށާ، މުސްތަގުބަލުގައިވެސް މި ކުޅިވަރު އެހެން ލެވަލްއަކަށް ގެންދަން އެހީތެރިވެދޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ބޮޑީ ބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތުގައި 25 ގައުމަކުން 500 ބައިވެރިވެރިން ވާދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355