twitterviber whatsapp telegramfacebookyoutube instagram
29th May 2026

ގެވެށި އަނިޔާ ލިބޭ މީހުން ތިބޭނެ ތަނެއް ހަދަނީ

ޚަދީޖާ އާދަމް
Jun 30, 2022
1

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބާނެ ތަނެއް ހެދުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބަން މަރުކަޒެއް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން މިއިމާރާތުގެ މަސައްކަތް ނިމޭއިރު ގެވެށި އަނިޔާ ލިބިގެން ފަރުވާ ބޭނުންވާ މީހުންނަށް ބޭނުންވާނެ ޒަމާނީ ފަރުވާތައް ލިބޭނެ އިންތިޒާމުތައް ގާއިމުކުރާނެ އެވެ.

ގެވެށި އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ފަރުވާގެ ނިޒާމާ އެކު އެމީހުން ބައިތިއްބާނެ މަރުކަޒެއް އަދި މިހާތަނަށް ރާއްޖޭގައި ހަދާފައެއް ނުވެ އެވެ.

ޖެންޑާއިން ވަނީ ފަރުވާ ބޭނުންވާ ކައުންސިލިން ދިނުމަށްޓަކައި އެކަމުގެ ތަޖުރިބާކާރު ހޯދުމަށްވެސް ނިންމާފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު އެކަނިވެސް ގެވެށީ އަނިޔާގެ ގޮތުގައި 31 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355