twitterviber whatsapp telegramfacebookyoutube instagram
20th August 2026

ވިއްސާރައާ ހެދި މަށިމާލި ޕެރޭޑް މާދަމައަށް ފަސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 10, 2022
3

ބޯކޮށް ވާރެވެހޭތީ މިއަދު ހަވީރު ބާއްވަން މަސައްކަތްކުރި މަށިމާލި މާދަމާއަށް ފަސްކޮށްފި އެވެ. ބޮޑު އީދުގައި ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ ކުޅިވަރުކަމުގައިވާ މަށިމާލި ޕެރޭޑް މާދަމާއަށް ފަސްކުރަން ޖެހުނީ މިއަދު މެންދުރުން ފަހުން ފެށިގެން މިވަގުތާ ޖެހެންދެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހެމުންދާތީ އެވެ.

ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، ވިއްސާރައާ ގުޅިގެން މަށިމާލި ޕެރޭޑް މާދަމާއަށް ފަސްކުރަން އިންތިޒާމް ކުރާ ފަރާތުން ނިންމައިފި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ޕެރޭޑް އޮންނާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

ޕެރޭޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާ ހެނދުނު 8:30 އަށް ޖަލާލުއްދީން ސްކޫލް ކުރިމައްޗަށް ނުކުތުމަށް އިންތިޒާމުކުރާ ފަރާތުން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް މަޝްހޫރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މަށިމާލި ޕެރޭޑް މިއަދު އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ބޭއްވޭތޯ އިންތިޒާމުކުރާ ފަރާތުން ދިޔައީ މަސައްކަތްކުރަމުންނެވެ. އެކަމަކު މެދުނުކެނޑި ވެހުނު ބޯވިއްސާއާ ހެދި އެންމެ ފަހުން ހަރަކާތް މާދަމާއަށް މިވަނީ ފަސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355