twitterviber whatsapp telegramfacebookyoutube instagram
18th October 2024

މިނިސްޓަރު ޝިޔާމް މަށިމާލި ޕެރޭޑަށް: ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުންގެ ގޮތުގައި

އަބްދުލް ވާހިދު ޙަސަން
Jun 18, 2024

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ވައުދުތައް ހަނދާންކޮށްދީ 'މަށިމާލި ޕެރޭޑް ' ނެރޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރުވެސް ބޮޑުއީދުގައި ކުޅުދުއްފުށީގައި ކުރިއަށްގެންދާ މަށިމާލި ޕެރޭޑަކީ މުޅިން ތަފާތު މާލިޕެރޭޑެކެވެ. މަށި ލައިގެން އުޅޭ މާލިތަކާއި ކަޅުތެލާއެކުވާ މާލިތަކުގެ އިތުރުން ރަށުގެ މަސައްކަތްތެރިކަންވެސް މި ޕެރޭޑުން ފެނިގެންދާއިރު އޭރަކު އެންމެ ހިނގާ ސިޔާސީ ކަންކަމުގެ މައްޗަށް ހަޖޫ ޖަހައި ސިޔާސީ މާލިތަކާއި ފުޅަނދުތައްވެސް ހުރެ އެވެ.

އަބަދުވެސް އޮންނަ އެ އާދަކާދައަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރުތައް މި ޕެރޭޑުން ދައްކާލުމެވެ. އެއީ ވަކި ސަރުކާރެއް، ވަކި ދުވަސްވަރެއް ވެގެނެއް ވެސް ނޫނެވެ. އޭރެއްގެ އޮންނަ ހާލަތަކާއި، ރައްޔިތުންގެ ޝުއޫރުތައް އުފެއްދުންތެރި ގޮތެއްގައި ހުށަހަޅައިދިނުމެވެ.

އެގޮތުން މިއަހަރު މަށިމާލީގައި އެންމެ ގިނައީ މަސްވެރިންނަށްވީ ވައުދުތަކެވެ. އެކަމާ ގުޅޭ ތަފާތު ފުޅަނދާއި މާލިތައް ފެނިގެންދިޔަ އެވެ.

ފާޑުކިޔުންތަކާއި ހަނދާންކޮށްދިނުން މިނިސްޓަރު ޝިޔާމް ބަލައިގަނެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށެވެ.

"ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް. ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި. عيد مبارك." މިނިސްޓަރު ޝިޔާމް ލިޔުއްވި އެވެ.

މަސްވެރިކަމާ ގުޅުވައި ޕެރޭޑްގައި ހުރި ބައެއް މާލިތަކާއި ފުޅަނދުތަކަށް ބަލާއިރު، މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ މަންޒަރު ދައްކައިދޭ ފުޅަދެއް ވެއެވެ. މި ފުޅަނދުގައި ބޮޑު މިޔަރެއް އިންސާނަކު ކާލައި މަންޒަރު ދައްކުވައިދީފަ އެވެ. އަދި ކުޅުދުއްފުށީ ސަރަހައްދުގައި ސަރުކާރުން އަޅަން ވިދާޅުވާ ސްޕޯޓްސް ކަނދުފަތިވެސް މި ޕެރޭޑްގައި ދައްކާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355