twitterviber whatsapp telegramfacebookyoutube instagram
8th November 2026

އައްޑޫ އީދި ސަމާގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ޚަދީޖާ އާދަމް
Jul 12, 2022

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ "ޢީދި ސަމާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި "ޢީދު ސަމާ" ގައި ޢީދު ސައި، މަސް ރޭސް އަދި ބަށި ކުޅުން ފަދަ ޢީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. މި ހަރަކާތްތަކުގެ ތެރެއިން އައްޑު އަތޮޅު މަރަދޫ އަދި ހިތަދޫގައި އޮންނަ ޢީދު އާއިލީ ހަވީރާއި ފަޔާވޯކްސް އެންޑް ޢީދު މިއުޒިކް ޝޯ އަށް ދިރާގު އެއްބާރުލުންދޭނެ އެވެ.

ދިރާގުން ބުނީ މި ފަދަ އިޖްތިމާޢީ އަދި ސަގާފީ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މިގޮތުން ރަށްރަށުގެ އެކި ޖަމާޢަތްތަކާއި ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތެއްކަމަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓުމަށް ހިންގާ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ކެނޑިނޭޅި އެއްބާރުލުންދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293