އަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ޕާޓީއެއް ކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ޓްވިޓަރއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އިމްރާންވަނީ މިދިޔަ ދެތިން ދުވަހު އަދާލަތު ޕާޓީ ދިފާއު ކުރައްވާ ޓްވީޓް ކުރައްވާފައެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އިމްރާން އަންނަނީ އަދާލަތަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ދިފާއުކުރުމުގައި އެ ޕާޓީއަށްވުރެ ބޮޑަށް މަސައްކަތްކުރި ބަޔަކު ނެތްކަމަށް ވިދާޅުވަމުންނެވެ.
އަދި އިއްޔެ ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ
Sarukaarehgai eliganegen onnathaa 4 aharu. Islam dheenah furassarakoh Rasool ﷺ ah hajoo jehi iru Adhaalath himeynun. Thee 2-3 meehehge manfaa ah gengulhey namehkan emmen dhaney. 2023 kairivaathee party ah vagah memberun hamakohgen thimannaa eba hurikan angan thiya kehenee karu. https://t.co/d5m1Lxsef0
— Ahmed Shiyam (@Shiyamaldives) July 16, 2022
އިމްރާނުގެ ވާހަކަފުޅުތަކާ ގުޅިގެން ކުރެއްވި ޓުވީޓުގައި ޝިޔާމު ވިދާޅުވީ ސަރުކާރެއްގައި އަދާލަތު ޕާޓީ އެލިގަނެގެން އޮންނަތާ މިހާރު 4 އަހަރު ފާއިތުވެފައިވާ ކަމަށެވެ. އަދި މި ހަތަރު އަހަރުގެ ތެރޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖެހިއިރު އަދާލަތު ޕާޓީ އޮތޯ ހިމޭނުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.
އަދާލަތަކީ މިހާރު ދެތިން މީހެއްގެ މަންފާއަށް ބޭނުންކުރާ ނަމެއްކަން އެންމެންނަށް އެނގޭކަމަށް ވިދާޅުވުމާއެކު ޝިޔާމު ފާހަގަކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވާތީ އަދާލަތަށް އެހެން ޕާޓީތަކުގެ މެންބަރުން ވަގަށް ވައްދަވައިގެން މެންބަރުން ހަމަކުރައްވައި "ތިމަންނާ އެބަހުރިކަން އަންގަން ތިޔަ ކެހެނީ ކަރު" ކަމަށެވެ.