twitterviber whatsapp telegramfacebookyoutube instagram
16th October 2025

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
Jul 18, 2022

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:45 ން މެންދުރުފަހު 14:45 އަށެވެ.

އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އާދި ވިލާގަނޑުގައި 19 މޭލާއި 24 މޭލާ ދެމެދު ވައިގަދަ ވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުން ކުރިއަށް ލަފާކުރާގޮތުގައި ހުރިހާ ސަރަހައްދަކަށްވެސް ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އެލާޓް ނެރެފައިވާ މުއްދަތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރާޅުތައް އުފުލޭނެކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355